ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްޑީޕީ
0%
0%
0%

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވާފައި މިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނިކޮށެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގެ ތަފުސީލެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: އެމްޑީޕީ

ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރުކުވާލުމަށް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ މެންބަރުންނާވެސް މިމަހު ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީން ދަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ތައްޔާރުވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910