ރައީސް އޮފީސް

ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ނުވަ ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް ނުވަ ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންނަށް މިއަދު އައްޔަންކުރެއްވި 17 ބޭފުޅުންގެ ތެރޭގައި ތިން އަންހެން ބޭފުޅުން ހިމެނެ އެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވި ބޭފުޅުން

  • އަލީ ޖަނާހް - ފޮރިން މިނިސްޓްރީ
  • މުހައްމަދު އާރިފް - ލޯކަލް ގަވަރުމަންޓް މިނިސްޓްރީ
  • މަރްޔަމް ޝިފާނާ އަލީ ސަލީމް - ހޯމްލޭންޑް މިނިސްޓްރީ
  • ހަސަން މިރާސް - ފިނޭންސް މިނިސްޓްރީ
  • އާމިނަތު މުނާ - އެޑިޔުކޭޝަން މިނިސްޓްރީ
  • އަހްމަދު މާއިސް - ޓޫރިޒަމް މިނިސްޓްރީ
  • އިބްރާހީމް އަލީމް - ހައުސިން މިނިސްޓްރީ
  • ފާތިމަތު ޒުހުރާ - އެގްރިކަލްޗާ މިނިސްޓްރީ
  • އަބްދުﷲ މަޙްޒޫމް މާޖިދު - ޔޫތު މިނިސްޓްރީ

ރައީސް އޮފީހުން މިހާތަނަށް އިއުލާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް 70 ބޭފުޅަކު ވަނީ އައްޔަންކުރައްވާފަ އެވެ. މިނިސްޓަރުން ފެންވަރުގައި 15 ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގައި 48 ބޭފުޅަކު މިހާތަނަށް ވަނީ އައްޔަންކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގައިވެސް 22 ވަޒީރުން ތިއްބަވަ އެވެ. މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.