އަލީ ވަހީދު

އަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރައްވައިފި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަލުން އެ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

އެ ޕާޓީއަށް ސޮއިކުރެއްވިކަން އަލީ ވަހީދު ހާމަކުރެއްވީ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

އަލީ ވަހީދު ވިދާޅުވީ ހަތް އަހަރާއި ހަތް ދުވަސް ފަހުން "އަނބުރާ ގެއަށް" ވަޑައިގަތީ އެމްޑީޕީގެ ފަހުރުވެރި މެންބަރެއްގެ ގޮތުގައި ކަމަށެވެ.

އެމްޑީޕީއަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރައްވާނެ ކަމަށްވެސް އަލީ ވަހީދުގެ "އެކްސް"ގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.