އާބަންކޯ

އާބަންކޯއާ ގުޅޭ ޝަކުވާތައް ސީދާ އެމްޑީއަށް

އާބަންކޯއާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކާއި ޝަކުވާތައް ސީދާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ހުށަހެޅޭ ގޮތަށް ހުޅުވާލައިފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތް ދިނުމުގެ ގޮތުން އާސްކް އެމްޑީ މެދުވެރިކޮށް ޝަކުވާ ސީދާ އެމްޑީއަށް މިހާރު ހުށަހެޅޭނެ އެވެ.

މި ގޮތުން [email protected] އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމްޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވަނީ އަރުވާފަ އެވެ.

މިހާރުވެސް ރައްޔިތުންނާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުންދާ އާބަންކޯގެ ހިންގުމަށް ބަދަލުތައް ގެނެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އާބަންކޯ އިން އާންމުންނާއި ވިޔަފާރިތަކަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ.