އެމްޑީޕީ

މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން މިރޭ ފަށަނީ

މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޓޭޓުންގެ ކެމްޕޭން މިރޭ ފެށުމަށް ނިންމައިފި އެވެ.

މާލެ ސިޓީގެ މޭޔަރު އަދި ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއަށް އެމްޑީޕީން ވާދަކުރެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ޕާޓީގެ ސޯސަން ޖަގަހަ ކުރިމަތީގަ އެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން

  • މެދު ހެންވޭރު ދާއިރާ: އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
  • ހެންވޭރު ދެކުނު ދާއިރާ: ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
  • މާފަންނު ދެކުނު ދާއިރާ: އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ

މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.

މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް އެ ޖަލްސާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.