އިލެކްޝަންސް ކޮމިޝަން

މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ފޯމު ހުށަހަޅުއްވައިފި

މާލޭ ސިޓީގެ ކައުންސިލުން ހުސްވެފައިވާ މޭޔަރާއި ކައުސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ އިންތިހާބީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ އިންތިހާބީ ފޯމު ހުށަހެޅުން އޮތީ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އަދި އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން

  • މެދު ހެންވޭރު ދާއިރާ: އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ
  • ހެންވޭރު ދެކުނު ދާއިރާ: ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ
  • މާފަންނު ދެކުނު ދާއިރާ: އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ

މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.