މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސޮފޫރާ ސްޓޭޓް މިނިސްޓަރަކަށް

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އައިޝަތު ސޮފޫރާ އައްޔަންކޮށްފި އެވެ.

ސޮފޫރާ އަކީ ތައުލީމީ ދާއިރާ އިން ކިޔަވާ ވިދާޅުވުމަށްފަހު އެ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެކުރިން މަޖީދިއްޔާ ސްކޫލުގައިވެސް މަސައްކަތް ކުރައްވާފައިވާ ސޮފޫރާ ވަނީ ސައިންސްގެ ދާއިރާއިން ބެންގަލޫރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެމެރިކާގެ އޮހިއޯ ސްޓޭޓް ޔުނިވާސިޓީގައި އާޓް އިން މެތްސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފަ އެވެ. އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މައި ކޮލެޖުގައިވެސް މާސްޓާސް ހާސިލްކުރައްވާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ސޮފޫރާ އާއި އެކު ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި 32،000 ރުފިޔާއާއި އެލަވަންސްތަކާ އެކު މަހަކު 47،000 ރުފިޔާ ލިބެ އެވެ.