ކުށްކުރުން

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްފި

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.

އަވަސްއާ ވާހަކަދެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ރެއިން ފެށިގެން ރާއްޖެއިން އާންމުކޮށް ވަންނަ ބަރަހަނާ ވެބްސއިޓްތައް ބްލޮކް ކޮށްފައިވާ ކަމަށެވެ.

މިފަދަ ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހަދާނެ ކަމަށް ކޮންމެ ސަރުކާރަކުންވެސް ބުނެ އެވެ. ނަމަވެސް މީގެކުރިން މިފަދަ ފިޔަވަޅެއް އަމަލީ ގޮތުން އަޅާފައެއް ނުވެ އެވެ.

ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދިއިރު ސަރުކާރުން ރަސްމީކޮށް އަދި މިކަމުގައި ވާހަކައެއް ނުދައްކަ އެވެ.