ފިނިޕޭޖް

މީ އިޝްގްގެ ޓައިޓަލް ލަވަ ދައްކާލައިފި

އޮލިމްޕަހުގައި އަންނަ އަހަރު އަޅުވާ ފުރަތަމަ ފިލްމު -- މީ އިޝްގްގެ ޓައިޓަލް ލަވަ ދައްކާލައިފި އެވެ.

ޝަހީދު ލެގަސީ މިއުޒިކް ހަދާފައިވާ މި ލަވަ ކިޔާފައިވަނީ އަލީ އިނާން ސައީދު އާއި އައިޝަތު މާއިން ރަޝީދު އެވެ.

މީ އިޝްގް އޮލިމްޕަހުގައި އެޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.

އުއްމީދީ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓް ކުރާ މި ފިލްމުގައި ލީޑް ދެ ތަރިންނަކީ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މީގެއިތުރުން ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ އައިމިނަތު ރަޝީދާ (އައިންތު) އާއި މުހައްމަދު ރަޝީދު (ދަރާ)ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލަކުން ފެންނާނެ އެވެ.

ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމަކީ އަޒްހާން ފުރަތަމަ ފީޗާ ފިލްމެވެ.

އޭނާ މީގެކުރިން ވަނީ "މިރާއީ" އާއި "ދަރަކަ"ގެ ނަމުގައި ދެ ވެބްސީރީޒް ހަދާފަ އެވެ.