ޖުމްހޫރީ ޕާޓީ

މަޖިލިސް އިންތިހާބު: ޖޭޕީ ޓިކެޓަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުމްހޫރީ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހެޅޭނީ މަޖިލީހަށް ޝައުގުވެރިވާ އެކަމުގެ ގާބިލްކަން ހުރި އަދި މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަވާ މީހުންނަށް ކަމަށެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އިއުލާންގައި އިތުރަށް ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ހުށަހަޅާ ފޯމުތަކާއި ކަމާ ގުޅޭ ލިޔުންތައް ޖޭޕީގެ ކައުންސިލުން ކަނޑައަޅައި ކޮމިޓީއަކުން ބަލައި ވަޒަންކުރާނެ ކަމަށެވެ. ޖޭޕީގެ ޓިކެޓް ކަށަވަރު ވާނީ އޭގެފަހުން ކަމަށްވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ޖޭޕީން ވަނީ އެމްޑީޕީ އާއި ޕީއެންސީއާ ކުރިން މަޝްވަރާވެސް ކޮށްފަ އެވެ.