ޖުމްހޫރީ ޕާޓީ

މަޖިލިސް އިންތިހާބުގައި ވާދަކުރަން ޖޭޕީގެ 10 ބޭފުޅުން ފޯމު ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވުމަށް 10 ބޭފުޅަކު ފޯމު ހުށަހަޅުއްވައިފި އެވެ.

ޖޭޕީގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޖޭޕީގެ ނައިބް ލީޑަރު އައިޝަތު ނަހްލާ ހިމެނެ އެވެ.

ޖޭޕީން ވާދަކުރައްވާ ބޭފުޅުންނާއި ދާއިރާތައް

  • މާމިގިލީ ދާއިރާ - ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
  • ހުޅުމާލެ ދެކުނު ދާއިރާ - އައިޝަތު ނަހްލާ
  • ނޮޅިވަރަމް ދާއިރާ - ހުސައިން ޝަހުދީ
  • އޭދަފުށީ ދާއިރާ - މުހައްމަދު ނާސިރު
  • ހެންޥޭރު ހުޅަނގު ދާއިރާ - ޑރ. އަމީން އިބްރާހިމް
  • އުނގޫފާރު ދާއިރާ - އަބްދުﷲ އަމީން
  • ކެންދޫ ދާއިރާ - އަލީ ހުސައިން
  • ތިނަދޫ އުތުރު ދާއިރާ - އަބްދުﷲ އަހްމަދު
  • ދާންދޫ ދާއިރާ - ނިސާމާ މުހައްމަދު
  • ދުވާފަރު ދާއިރާ - އަޒްލީން އަހުމަދު

ޖޭޕީގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވީ ގާސިމް އިބްރާހީމާއި އަލީ ހުސައިން އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގާނޫނު ފަސްކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގުކުރެއްވުމުންނެވެ.