އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ އެމްޑީއަކަށް ފާތިމަތު ތައުފީގު ހަމަޖައްސައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތުމަތު ތައުފީގު ހަމަޖައްސައިފި އެވެ.

ފާތިމަތު ތައުފީގު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކޮށްފައިވީ ނަމަވެސް އޭނާ ކުރިން އައްޔަންކުރަން ނިންމާފައި އޮތީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކަމަށް ކުރިން ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީ އިން ވަނީ ފާތިމަތު ތައުފީގު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވާތީ މަރުހަބާވެސް ކިޔާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ޒިންމާ އުފުލާ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ތޮއްޔިބު މުހައްމަދު އެވެ.