ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ތަހުގީގުކޮށްދިނުމަށް މަޖިލީހުގެ އިދާރާ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޝިފާއު މަރުގެ އިންޒާރު ދިނީ ސޯޝަލްމީޑިއާ މެދުވެރިކޮށެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ އިތުރުން ޝިފާއުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިފާއީ ވުޒާރާގައިވެސް މަޖިލީހުގެ އިދާރާ އިން ވަނީ އެދިފަ އެވެ.
ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.
ޝިފާއު އަށް މަރުގެ އިންޒާރު ދީފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.