ހަމާސްއާ އެކު ޑީލަކަށް ތައްޔާރު ކަމަށް ޒަޔަނިސްޓް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބުނެފި އެވެ.
ހަމާސްއާ އެކު ޑީލެއް ހެދުމުގެ ބޭނުމެއް ކަމަށް ޔަހޫދީ ވެރިން ބުނަނީ ހަމާސް އިން ހިފަހައްޓާފައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމެވެ.
އަސީރުންގެ ގޮތުގައި ހަމާސް އިން ޔަހޫދީންގެ ގިނަ ބަޔަކު އަދިވެސް ހިފަހައްޓާފައި އެބަ ތިއްބެވެ. ހަމާސްއާ އެކު ކުރެވޭ މަޝްވަރާތަކުގައި 30 ނުވަތަ 40 އަސީރަކު މިނިވަން ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޔަހޫދީ ވެރިން އުއްމީދު ކުރެ އެވެ.
ޔަހޫދީ މީޑިއާތަކުން ބުނާ ގޮތުން ހަމާސް އިން އެދޭ ހުރިހާ ޝަރުތެއް -- ޒަޔަނިސްޓް ސަރުކާރުން ފުއްދައެއް ނުދޭނެ އެވެ.
ހަމާސް އިން ބޭނުންވަނީ ހަމަލާތައް މުޅިން ހުއްޓާލައި ޒަޔަނިސްޓް އަސްކަރިއްޔާ ޣައްޒާއިން ފައިގެން ދިއުމެވެ. ނަމަވެސް ހަމަލާތައް މަދުކުރަމުން ގޮސް މުޅިން ހުއްޓާލުމާ މެދު ޒަޔަނިސްޓް އަސްކަރިއްޔާ އިން ވިސްނާނެ ކަމަށް މީޑިއާތަކަށް އެނގިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ޔަހޫދީ އަސްކަރީ ބާރުތަކުން ޣައްޒާއަށް އަރައިގަތީ އެކަމުގައި އޮތް ނުތަނަސްކަމާ މެދު އެމެރިކާއާއި ޔޫރަޕުން އިންޒާރު ދީފައި ވަނިކޮށެވެ. ނަމަވެސް ޔަހޫދީންގެ ގޮތް ދޫނުކުރުމުގެ އާދައިގެ މަތިން، ޓޭންކްތަކާއި ބޮޑުބަޑިތައް ހިފައިގެން ޔަހޫދީ އަސްކަރީ ބާރުތަކުން ޣައްޒާއަށް އަރައިގަތީ މޮޅުތަކެއް ވާނެ ކަމުގެ އުއްމީދުގަ އެވެ.
އެކަމަކު އުއްމީދުކުރި ވަރުގެ ކާމިޔާބެއް ޣައްޒާގައި ޔަހޫދީންނަކަށް ނުލިބެ އެވެ. ކޮންމެ ދުވަހަކީ އެ މީހުންގެ ބަޔަކު މަރުވާ ދުވަހެއް ގޮތުގައި ޣައްޒާގެ ބިން ތަޖުރިބާކުރަން ޔަހޫދީންނަށް ވަނީ ޖެހިފަ އެވެ.
ޔަހޫދީ އަސްކަރީ ބާރުތަކުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ހަމާސް އިން ބޭނުންވެ އެވެ. އަނެއްކޮޅުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީން މިނިވަންކުރަން ކުރަންޖެހޭ ކޮންމެ ކަމަކަށް ޒަޔަނިސްޓް ސަރުކާރުން ލުއިދޭނެ ކަމަށް ހަބަރުަތައް ބުނެ އެވެ.
މީޑިއާ ހަބަރުތައް މިގޮތަށް ހުރި ނަަމަވެސް ދެ ބައިގަނޑުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ކޮޅެއްގައި ޖެހޭނެ ގޮތެއް އެކަކަށް ވެސް އަދި ނޭނގެ އެވެ. ކާމިޔާބުވުމާ ނާކާމިޔާބުވުން އޮތީ މަޝްވަރާ މޭޒުދޮށުގައި ތިބޭ މީހުންގެ އިޚުތިޔާރުގައެވެ.
މަޝްވަރާތައް ދާ ގޮތަކަށް މަސްރަހު އަމާންވުމަކީ ވެސް އޮތް ގޮތެކެވެ. މަސްރަހު ނާމާންވުމަކީ ވެސް އޮތް ގޮތެކެވެ.
ޔަހޫދީން އެއްކޮޅުގައި ތިބެގެން ކުރާ މަޝްވަރާތައް އާންމު ގޮތެއްގައި ދެމިނޯވެ އެވެ. ޔަހޫދީންނަކީ ވައުދުވާން ޖެހިލުން ކުޑަ އަދި ހަތުރުވެރިވުމަށް ލޯބިކުރާ ބައިގަނޑެކެވެ.