މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބް ރައީސް މޮންޓެނީގްރޯއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅުގައި މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޮންގްރެސް އޮންނާނީ މިމަހުގެ 24-26 އަށެވެ.

މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ ޑެޕިއުޓީ ޕްރައިމް މިނިސްޓާ ފޮ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓާ އަލެކްސާ ބެސިކްގެ ދައުވަތަކަށެވެ.

ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ނޮވެމްބަރު 24، 2009ގަ އެވެ.