އާރްޑީސީ

17 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް އަލުން ފަށައިފި

މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަޑު ޖެހިފައިވާ 17 ރަށެއްގެ މަސައްކަތް އަލުން ފަށައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމިގެން ދިޔަ މަގު ހެދުމުގެ 37 މަޝްރޫއެއް އާރްޑީސީއާ ހަވާލުކޮށްފައިވެ އެވެ.

ބައެއް ރަށްތަކުގައި މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައި މިވަނީ މަގު ހެދުމަށް ކަމަށް ބުނެ މަގުތައް ކޮނެ އާންމުންނަށް އުނދަގޫވާ ގޮތަށް ބައެއް ރަށްރަށުގެ މަގުތަކުގައި ފަސް ފުނިޖަހާފައިވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ނޯތު ރީޖަންގައި މަސައްކަތް ހިނގާ ރަށްތައް

1. ހއ.ދިއްދޫ
2. ހދ.ކުޅުދުއްފުށި
3. ށ.މިލަންދޫ
4. ރ.ހުޅުދުއްފާރު

ސައުތު ރީޖަންގައި މަސައްކަތް ހިނގާ ރަށްތައް

1. ތ. ތިމަރަފުށި
2. ލ. ގަން ފޭސް 02
3. ގއ. ކޮލަމާފުށި
4. ގއ. ވިލިނގިލި ފޭސް 02
5. ގދ. ތިނަދޫ ފޭސް 02
6. ގދ. ގައްދޫ

ސެންޓްރަލް ރީޖަންގައި މަސައްކަތް ހިނގާ ރަށްތައް

1. މާލެ / އަމީނީމަގު
2. ނ. ހޮޅުދޫ
2. ނ. ވެލިދޫ
3. ޅ. ހިންނަވަރު
4. މ. މުލައް
6. އދ. މާމިގިލި
7. ދ. ކުޑަހުވަދޫ

އާރްޑީސީ އިން ބުނީ އަމާޒަކީ އަލުން މަސައްކަތް ފެށުނު 17 ރަށުގެ މަގު ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް އަވަހަށް ނިންމާލުން