މެކޭނިކަލް ޕާކިން ސިސްޓަމް

ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

މާލޭގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމެއް -- ފޮޓޯ: އަވަސް
0%
0%
0%

މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހަތަރު ޕާކިން ބިލްޑިންގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި އެއްފަހަރާ ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެ އެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ބިލްޑިން ތަކުގެ މަސައްކަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ނަރީޝް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްގެން ނަގާފައިވާ އުޅަނދުތައް ނައްތާލުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެފަދަ އުޅަނދުތަކުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން ގެއްލިގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މާދަމާ ބާއްވާ ބައްދަލުވުމުގައި އެކަމުގައި [ޓޯކުރާ އުޅަނދުތައް ނައްތާލުމުގައި] އަމަލުކުރާނެ ގޮތްތަކަކާ މެދު މަޝްވަރާކުރެވޭނެ،" ނަރީޝް ވިދާޅުވި އެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އާއި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބެހެއްޓި އެވެ. ނަމަވެސް މާލޭގައި ހުރި ޕާކިން ސިސްޓަމްތައް މިހާރު ވަނީ ނަގާފަ އެވެ. ހުޅުމާލޭގައި ހުރި ޕާކިން ސިސްޓަމްތައްވެސް އަދި މިހާތަނަށް ބޭނުންކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345