އިބްރާހިމް ޝަރީފު

މަވޯޓާ ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

ޝަރީފް އެމްޑީޕީން ވަކިވެވަޑައިގަތީ ސިޔާސީ މަސައްކަތްތަކުން އެއްކޮށް ދުރަށް ވަޑައިގަތުމަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންނަށް އެންގެވުމަށްފަހު އެވެ.

ޝަރީފްގެ ނިންމެވުމާ ގުޅިގެން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ޝަރީފް ވާދަނުކުރައްވާނެ ކަމަށް ބައެއް ބޭފުޅުންގެ ފަރާތުން އެނގިފައިވެ އެވެ.

ރާއްޖޭގެ އިސްލާހީ ހަރަކާތުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގައިވެސް އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ.

ސިޔާސީ ގޮތުން ޖެހިލުން ކުޑަ ބޭފުޅެއް ކަމަށްވާ ޝަރީފަކީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި އައްޑު އަތޮޅު މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.