އެފްއޭއެމް

އެފްއޭއެމްގެ ރައީސް ކަމަށް މުފާވެސް ފޯމު ހުށަހަޅައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމުގެ މަގާމަށް އީގަލްސްގެ ޗެއާމަން މުފާވިޒު ހާޝިމު (މުފާ) ވެސް ފޯމު ހުށަހަޅައިފި އެވެ.

މުފާއަކީ އެފްއޭއެމްގެ މިހާރު ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެކުލަވާލާފައިވާ އެކްސްކޯ މެންބަރެކެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ހާލުގައި އޮތް އިދާރާ -- އެފްއޭއެމްގެ ރައީސް ހޮވުމުގެ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވާދަކުރުމަށް މުފާ ފޯމު ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެފްއޭއެމްގެ ރައީސް ކަމަށް މުފާގެ އިތުރުން މިހާތަނަށް ކުރިމަތިލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މަހިބަދޫ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ.