ރައްޔިތުންގެ މަޖިލިސް

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް -- ފޮޓޯ: މަޖިލިސް
0%
0%
0%

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިބިލް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިބިލް ތައާރަފްކޮށް ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

މިބިލް އުވާލުމަށް ހުށަހަޅާފައިވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅާފައިވާ ބިލަކަށްވާތީ އާއި ގާނޫނުއަސާސީގައި ވަޒީރުންނާ ސުވާލުކުރަން އޮންނަ ފުރުސަތު ހަނިވާ ގޮތަށް ގާނޫނު އެކުލަވާލާފައިވާތީ އެވެ.

މީގެއިތުރުން ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައިވެސް ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ކަނޑައެޅިފައިވާތީ މިބިލް އުވާލުމަށް ހުށަހެޅީ ކަމަށް ބުނެފައިވެ އެވެ.

މިސަބަބުތަކާ ގުޅިގެން ސަލީމު ގަބޫލުކުރައްވާ ގޮތުގައި ބވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ މިހާރަށް ބޭނުން ހިފޭ ގާނޫނެއް ނޫނެވެ.

އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ ގަވައިދުގައި ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ހުރި ބައެއް މާއްދާތައްވެސް އިސްލާހުކޮށްފަ އެވެ. އެގޮތުން ވަޒީރުންނަށް ޖަވާބުދާރިވުމަށް ކުރިން ދީފައި އޮތް 14 ދުވަހުގެ މުއްދަތު ކުރުކުރުމާއި ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭ ގޮތަށް އޮތް އޮތުން ވަނީ އުވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345