އުމަރު ނަސީރު

"އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ރައީސާ ގުޅުމެއް ނެތް"

Feb 25, 2016
1

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ކުރި ހުރިހާ ތަހުގީގެއްކޮށް ބަލައި ނިމުނު އިރުވެސް ރައީސުލް ޖުމްހޫރިއްޔާއާ ދިމާއަށް އޭގެ އެއވެސް ކަމެއް ތުހުމަތުވެ އެމަނިކުފާނާ ދިމާއަށް ގޮސް ހުއްޓޭނެ އެއްވެސް ތަންކޮޅެއް ނެތް ކަމަށް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި ބޮމެއް ގޮއްވާލި ހާދިސާއާ ގުޅޭ އެންމެ ފަހުގެ ތަފުސީލް ހާމަ ކުރަން މިއަދު ރައީސް އޮފީހުގައި ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި މައްސަލައިގެ ތެރެއިން އުފަންވެގެން އައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ރައީސް އަބްދުﷲ ޔާމީނާ ގުޅުވައި "ހަވީރު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވުމުން އުމަރު ވިދާޅުވީ މި މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި އެ ކޮމިޝަނުން "ރައީސުލް ޖުމްހޫރިއްޔާ" ތަހުގީގު ނުކުރައްވާ ކަމަށެވެ.

އަދި ވިދާޅުވ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަހުގީގު ކުރުމަކީ އެ ކޮމިޝަނުގެ އިހްތިސޯސުގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ އިހްތިސޯސް އޮތް ކަމެއް ކަމަށެވެ.

"އެކަމަކު ޔަގީން ކަމާއެކު މި ދަންވަނަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ފުރިހަމަ އިހްތިޔާރު ދެއްވާފައި އަޅުގަނޑުމެނަށް މި މައްސަލާގައި ހޯދަންޖެހޭ ހުރިހާ ކަމެއް ހޯދަން. އޭގެ ތެރޭގައި ބޭންކް ސްޓޭޓްމެންޓްތައް ގެނައުން މީހުންގެ އެކައުންޓްތަކަށް ވަން ފައިސާ ބެލުން މީހުންގެ އަތުގައި ބަހައްޓާފައި ހުރި ފައިސާ ބެލުން ގޭގެއަށް ވަދެ ބަލައި ފާސްކުރުން! މި ތަހުގީގުގައި މިވެނި ގާކޮޅެއް ފުރޮޅައި ނުލައްޗޭ ރައީސް ޔާމީނު ނެތް އަންގަވާފައެއް،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވާނީ ރާއްޖޭގެ ކަންކަން ހުރި ގޮތުން ސިޔާސީ ގޮތުން ވަރަށް ގިނަ ވާދަވެރިން އުޅޭ ޒަމާނެއްގައި ވަރަށް ގިނަ ތުހުމަތުތަކެއް ކޮންމެ މީހެއްގެ ބޮލުގައިވެސް އެޅުވިދާނެ ކަމަށާއި އެއީ ރައީސްގެ އިސްތަށިފުޅުގައި ކަމަށް ވިޔަސް އަދި އޭނާއާ ފުލުހުން ކަމަށް ވިޔަސް އެފަދަ ތުހުމަތުތައް އަޅުވައިފާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ މި ތަހުގީގު ހުއްޓުވަން މިވެނި ގަލެއް ނުފުރޮޅަން، އެވެނި އެކައުންޓެއް ނުބަލަން އެމަނިކުފާނު އަންގާވާފައެއް ނެތް މިއިން އެނގޭ އެއްޗަކީ ރައީސްގެ އެއްވެސް ބައިވެރިވުމެއް މިކަމުގައި [ބޮން ގޮއްވުމާއި] މި ކަރަޕްޝަނުގައި ނެތޭ. އޮތް ނަމަ އެންގެވުން އެކަށީގެންވާ މިވެނި ތަނެއް ނުބަލައްޗޭ. އެއާހިލާފަށް އަޅުގަނޑުމެނަށް ފެންނަ ތަނެއް ބަލަމުން ސާޗް ކުރަމުން މިދަނީ މި ހިޔާނާތާވެސް އަދި ބޮން ގޮއްވުމާ ވެސް ރައީސް ޔާމީނަކާ ގުޅުމެއް ނެތް. ހިޔާނާތުގެ ކަމެއް ވެސް ނެތް. އަދި ބޮމާ ގުޅޭ ހަތިޔާރާ ގުޅޭ ކަމެއް ވެސް ނެތް އެއިން އެއްވެސް ކަމެއް ރައީސުލް ޖުމްހޫރިއްޔާއާ ހަމައަށް ގޮހެއް ނުހުއްޓޭ،"