އެމްއޭސީއެލް

ވީއައިއޭގައި ޖެޓްތަކަށް 68 ޕާކިން ސްލޮޓް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެޓްތަކަށް 68 ޕާކިން ސްލޮޓް އިތުރުކޮށްފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިން އަލަށް ތަރައްގީކުރި ޕާކިން ސްލޮޓް (ރޭމްޕް އޭރިއާ)ގެ ބޭނުން ހިފައި ޖުމްލަ 68 ޖެޓް ޖެއްސޭނެހެން މިހާރު ވަނީ އިންތިޒާމުތައް ހަމަޖައްސާފަ އެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާޕޯޓްގައި މިހާ ގިނަ އަދަދެއްގެ ޖެޓަށް ޕާކް ކުރެވޭނެ ގިތް ހެދި ފުރަތަމަ ފަހަރެވެ.

ވީއައިއޭގައި އަލަށް ތަރައްގީކުރި ޕާކިން ސްލޮޓްތައް ހުންނާނީ އާ ފިއުލް ފާމް ކުރިމަތީގައި އާއި އެއާޕޯޓުގެ ހުޅަނގު ދެކުނު ފަރާތުގައެވެ.

ޕާކިން ސްލޮޓްތަކުގެ ތަފްސީލްތައް

  • އުތުރު އޭޕްރަން: 13
  • ދެކުނު އޭޕްރަން: 26
  • ފިއުލް ފާމް ކުރިމަތީގައި އާ ޖީއޭ ޕާކިން: 13
  • އާ ޖީއޭ ޕާކިން ސައުތު: 16

އެމްއޭސީއެލް އިން ބުނީ ހުޅަނގު ދެކުނު ފަރާތުގައި 27،257 އަކަމީޓަރުގެ ޕާކިން އޭރިއާއެއް ތަރައްގީކޮށްފައިވާ ކަމަށެވެ. އަދި އުތުރުގައި 27،590 އަކަމީޓަރުގެ ޕާކިން އޭރިއާ ތަރައްގީކޮށްފައިވަނީ އާ ފިއުލް ފާމް ކުރިމަތީގައި ކަމަށެވެ.

އެމްސީއެލް އިން އިތުރަށް ބުނީ މިދުވަސްވަރު ރާއްޖެއަށް ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވެ، އޮޕަރޭޝަންތަކާއި ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް ގިނަ ކަމަށެވެ.