ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމުން މުހައްމަދު ޝަހީބް ވަކިކުރައްވައިފި އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު އަވަސްއަށް މިކަން ޔަގީންކޮށްދެެއްވި ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ޝަހީބް ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުގެ ވެބްސައިޓްގައިވާ މައުލޫމާތުން އެނގެ އެވެ. އެކަމަކު މިބަދަލު ގެނައި ދުވަހެއް އަދި ގެނައި ސަބަބެއްވެސް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީއަށް ޝަހީބް ބަދަލުކުރައްވާފައި މިވަނީ އޭނާއަށް ބައެއް ނޫސްވެރިންގެ ފާޑުކިޔުމާއި ބައެއް އާންމުންގެ ފާޑުކިޔުންވެސް އަމާޒުވެފައި ވަނިކޮށެވެ.