އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
މި ގޮތުން އާ އަހަރާއި ދިމާކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ އަށް ހާއްސަ އެކްސްކުލޫސިވް އެޑް-އޮންތަކެއް އުރީދޫ އިން ވަނީ ތައާރަފުކޮށްފަ އެވެ.
އުރީދޫން ބުނި ގޮތުގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގައި 5ޖީ ބޭނުން ކުރާ ކަސްޓަމަރުންނަށްވެސް މި އޮފާތައް ބޭނުންކުރެވޭނެ އެވެ.
މި ހާއްސަ އޮފާތަކާއެކު އުރީދޫ 5ޖީ ނެޓްވޯކްގައި ފަސޭހަކަމާއި ހަލުވިކަން ތަޖުރިބާ ކޮށްލެވޭނެ ކަމަށާއި މިހާރުގެ މި އަގުގައި ހުރި އެޑް-އޮންތަކުގެ ތިން ގުނަ ޑޭޓާ މި އޮފާގައި ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
5ޖީ އެކްސްކުލޫސިވް އެޑް-އޮންސް
- 5ޖީ ޑޭޓާ 600: 54 ޖީބީ، 30 ދުވަހަށް 600ރ. އަށް
- 5ޖީ ޑޭޓާ 750: 120 ޖީބީ، 30 ދުވަހަށް 750ރ. އަށް
- 5ޖީ ޑޭޓާ 1100: 160 ޖީބީ، 30 ދުވަހަށް 1،100ރ. އަށް
އުރީދޫ އިން ވަނީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހާއްސަ އޮފާއެއް ތައާރަފުކޮށްފަ އެވެ.
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް
އެގޮތުން ތައާރަފުކުރި ސޯޝަލް އަންލިމިޓަޑް ޕްލޭންގައި 24 ގަޑިއިރަށް 24 ޖީބީ، 25ރ. އަށް ލިބޭނެ އެވެ.
މި ޕްލޭންގައި އުރީދޫގެ ނަންބަރުތަކަށް މުޅިން ހިލޭ ގުޅާލެވޭއިރު ސޯޝަލް މީޑިއާ އަންލިމިޓަޑްކޮށް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ސޯޝަލް މީޑިއާ އެޕްތަކުގެ ތެރޭގައި ވީޗެޓް، ވައިބާ، ވަޓްސްއަޕް، ޓެލެގްރާމް، ސްނެޕްޗެޓް، ޓްވިޓާ، އަދި އިންސްޓަގްރާމް ހިމެނެ އެވެ.
މީގެ އިތުރުން އާޗާ ހަ މަހުގެ ޕްލޭންގައި ދުވާލަކު ހަތަރު ޖީބީ، ހަ މަހަށް 2،024ރ. އަށް މުޅިއަކު 720 ޖީބީ ލިބޭއިރު އާޗާ އަހަރީ ޕްލޭންގައި ދުވާލަކު އެއް ޖީބީ، 365 ދުވަހަށް 3،000ރ. އަށް އަހަރަށް 365 ޖީބީ ލިބޭނެ އެވެ.
ސުޕަނެޓް އޮފާ
ސުޕަނެޓަށް އަލަށް ރެޖިސްޓާ ކުރާ ކަސްޓަމަރުންގެ ތެރެއިން 400ރ. އިން މަތީގެ ޕެކޭޖުތައް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް 100ޖީބީ ބޯނަސް ޑޭޓާ ލިބޭނެ އެވެ.
މި ޑޭޓާ ތިން މަހަށް ބޭނުންކުރެވޭއިރު މިއީ ސުޕަނެޓް ފައިބަ ބްރޯޑްބޭންޑުގެ އަޖުމަ ބަލާލުމަށް ރަނުގެ ފުރުސަތެއްކަން އުރީދޫން ފާހަގަކުރެ އެވެ.
5ޖީ އެއާފައިބަ
މި އޮފާގައި އެއާފައިބަ އަލަށް ރެޖިސްޓާކޮށް 999ގެ ޕެކޭޖަށްވުރެ މަތިން ނަންގަވާ ކަސްޓަމަރުންނަށް އެއާފައިބަ ޑިވައިސްއެއް ހިލޭ ލިބުމުގެ ފުރުސަތު އޮތްއިރު މިއީ 5ޖީގެ އެންމެ ހަލުވި ނެޓްވާކާއި ގުޅުމަށް ރަނގަޅު އޮފާއެއްކަން އުރީދޫން ވަނީ ބުނެފަ އެވެ.
އާ އަހަރުގެ އޮފާތައް މިއަދުން ފެށިގެން ލިބޭއިރު އޮފާތަކުގެ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.