މާލޭ ސިޓީ ކައުންސިލް

‏މާލޭގެ ކާނުތައް ސާފުކުރުމުގެ ޕްރޮގްރާމް ފަށައިފި

‏މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމް ފަށައިފި އެވެ.

މިއީ މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި މިނިސްޓްރީ އޮފް ހެލްތް އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު މިއަދު ރަސްމީކޮށް ފެށީ މާލޭގެ ތައިސޭ ކޮށްޓާ ދިމާލު އެއްގަމު މަގުންނެވެ.

ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފާއި އެ މިނިސްޓްރީގެ އިސްވެރިންނާއި، ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލާއި، މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާއި ސިޓީ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވި އެވެ.

މާލޭގައި މި ޕްރޮގްރާމުގައި މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.

‏މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ދޭތެދޭތެރެ އިން ކޮންމެ ސަރުކާރެއްގައިވެސް ކުރިއަށް ގެންދެ އެވެ.