އައިލެންޑް އޭވިއޭޝަން

އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ކުރީގެ އެމްޑީ މިހާދު

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މިހާދު އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސައިފި އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރަކަށް މާޗް 2021 ގައި މިހާދު ހަމަޖެއްސި ގޮތަށް ރައީސް ސޯލިހްގެ ވެރިކަން ނިމެންދެންވެސް އެ މަގާމުގައި އޭނާ ހުންނެވި އެވެ.

މިހާދު މީގެކުރިން ވަނީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމާއި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

މިހާދު އަކީ އޮސްޓްރޭލިއާގެ އެޑިތް ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ސިންގަޕޫރުގެ ބީއެމްސީ ކޮމާޝަލް ޓްރެއިނިން ސެންޓަރުން ޑިޕްލޮމާ އިން އެކައުންޓިން އެންޑް ބިޒްނަސް ސްޓަޑީޒް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އައިލެންޑް އޭވިއޭޝަންގެ އާ މެނޭޖިން ޑިރެކްޓަރަކީ އިބްރާހީމް އިޔާސް އެވެ.