މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ހޯމްލޭންޑް މިނިސްޓްރީގެ ނައިބަކަށް ހަސަން އަލީ

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް ހަސަން އަލީ އައްޔަންކުރައްވައިފި އެވެ.

ހަސަން އަލީ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމާއި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމު އަދާކުރައްވާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުން ހަސަން އަލީ އިސްތިއުފާ ދެއްވީ ޖުލައި 2020 ގަ އެވެ.

މީގެ އިތުރުން ހަސަން އަލީ ވަނީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވާފަ އެވެ.

ހޯމްލޭންޑް މިނިސްޓްރީގައި މިހާރު މިނިސްޓަރުގެ ނައިބުންގެ ގޮތުގައި 15 ބޭފުޅުން ތިއްބެވިއިރު ތިން ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި އެވެ.