އައި ކެއާ

އައިކެއަރއިން އައިއެސްއޯ ޑުއަލް ސެޓިފިކޭޝަން އާއި އެކު ކޮލެޓީ އާއި މަސައްކަތު މާހައުލުގެ ސަލާމަތްތެރިކަން އާ ހަރުފަތަކަށް

ލޮލުގެ ފަރުވާގައި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ އައިކެއަރ އިން އައިއެސްއޯ 9001 އަދި 45001 ސެޓްފިކޭޝަން ހޯދައި ކޮލެޓީ އާއި މަސައްކަތު މާހައުލުގެ ސަލާމަތްތެރިކަން އާ ހަރުފަތަކަށް އުފުލާލައިފި އެވެ.

އައިއެސްއޯ 9001 އަކީ "ކޮލެޓީ މެނޭޖްމަންޓް"ގެ އިންޓަނޭޝަނަލް ސްޓޭންޑަޑެވެ. އަދި އައިއެސްއޯ 45001 އަކީ "އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް"ގެ އިންޓަނޭޝަނަލް ސްޓޭންޑަޑެވެ.

މި ސެޓިފިކޭޝަންތަކާއިއެކު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތީ ރައްކާތެރިކަންވެސް ކަށަވަރު ވެގެން ދާނެ އެވެ.

އައިކެއަރއިން އަބަދުވެސް ދަނީ މުޖުތަމައުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ ރަނގަޅު، ޒަމާނީ ވަސީލަތްތައް ތައާރަފުކުރަމުންނެވެ. އަދި އައިކެއަރއިން ޑުއަލް އައިއެސްއޯ ސެޓްފިކޭޝަން ހޯދުމަކީ ލޮލުގެ ފަރުވާގެ ސިނާއަތުގައި ކުރިއަރާފައިވާ ކުންފުންޏެއްގެ ގޮތުގައި އައިކެއަރގެ މަގާމު ވަރުގަދަކޮށް، ފެންވަރާއި ރައްކާތެރިކަމަށް އާ ބެންޗްމާކްތަކެއް ކަނޑައަޅާ ކަމެކެވެ.