މާލޭގެ އެކި ތަންތަނުން ހުއްދަ ނެތި އަނބު ބިންނަ މީހާ -- އަޒްނީފް މުހައްމަދު އަނެއްކާވެސް އަނބު ބިނދެގެން ހައްޔަރުކޮށްފި އެވެ.
އުމުރުން 34 އަހަރުގެ އަޒްނީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ހުއްދަ ނެތި 200 އަނބު ބިނދެގެން ހައްޔަރޔުކޮށްފައިވެ އެވެ.
އަޒްނީފް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަނެއްކާ ހައްޔަރުކުރީ މާލޭގައި އިންޑިއާ ހައި ކޮމިޝަން ކުރިން ހިންގި އިމާރާތް -- ހ. އަތިރީގޭ ފުރާޅުމަތީ އަނބު ބިންނަން ހުއްޓަ އެވެ.
އަޒްނީފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ހުއްދަ ނެތި އަނބު ބިނދެގެން މީގެކުރިން އެތައް ފަހަރަކު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެސްވެ އެވެ.
އަޒްނީފްގެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ހުރި ގޮތަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 38 ފަހަރު ހައްޔަރުކޮށް 19 ފަހަރު އޭނާ ބަންދުކޮށްފައިވެ އެވެ.