މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ

ރޯދަ މަހު ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަނީ

0%
0%
0%

ބާޒާރުގައި މިއަހަރުގެ ރޯދަ މަހު ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކޮށްފި އެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގުތައް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ރޯދަ މަހު ކޮންޓްރޯލް އަގެއްގައި ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމާއި ގުޅޭ މަސައްކަތްތައް މި ހަފުތާގައި ފެށިގެންދާނެ ކަމަށެވެ.

އެ ގޮތުން ރޯދަ މަހު އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތި ބޭނުންވާ މިންވަރު ދެނެގަނެ ބާޒާރަށް ނެރެވެން ހުރި މިންވަރާއި އިތުރަށް ބޭނުންވާ މިންވަރު ދެނެގަންނާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

ބާޒާރަށް ނެރެވެން ހުރި އަދަދު އެނގުމުން ރާއްޖެއިން ބޭރުން ތަކެތި ގެންނަން ޖެހޭނަމަ އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތެއް ތައާރަފުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" ގައި ކަނޑައަޅުއްވާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345