ދަނޑުވެރިކަން

ދަނޑުވެރި ނަފާ ލޯނު ސްކީމްގެ ދަށުން 13 މިލިއަން ރުފިޔާ ދޫކޮށްފި

ދަނޑެއްގައި މީހަކު މަސައްކަތްކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

"ދަނޑުވެރި ނަފާ" ލޯނު ސްކީމްގެ ދަށުން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވި ގޮތުގައި ލޯނުގެ ތެރެއިން އަށް މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ވިޔަފާރިތަކަށެވެ. އަދި ހަތަރު މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އަމިއްލަ ފަރުދުންނަށެވެ.

މިއީ އެސްޑީއެފްސީއާ ގުޅިގެން ހިންގާ ލޯނު ސްކީމެކެވެ.

މީގެ އިތުރުން އދ. އޮމަދޫ އާއި ދ. ދަރަނބޫދޫގައި ހައިޑްރޯފޯނިކްސް ފާމިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން މި ދެ ރަށުން ކޮންމެ ރަށެއްގެ 10 ދަނޑުވެރިއަކަށް ހައިޑްރޯފޯނިކްސް ސިސްޓަމް ފޯރުކޮށްދޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިޝާމާ ވިދާޅުވި އެވެ.

އެ ގޮތުން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ސިސްޓަމެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ މަޝްރޫއުގެ ޕްރޮކިއުމެންޓް މަސައްކަތްތަކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345