މޫސާ ޒަމީރު

މިނިސްޓަރު ޒަމީރު ޔުގަންޑާއަށް ވަޑައިގެންފި

ހާރިޖީ ވަޒީރު މޫސާ ޒަމީރު ޔުގަންޑާއަށް ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ ނަން-އެލައިންޑް މޫވްމަންޓް -- ނާމްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ މި ސަމިޓުގައި ވަޒީރުންގެ ފެންވަރުގައި ބާއްވާ ހުރިހާ ބައްދަލުވުމެއްގައިވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ސުލްހައަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ބައިވެރިވެ އެ މަގަށް މަސައްކަތް ކުރާނެ ކަމަށެވެ.

ނާމްގެ މެންބަރަކަށް ދިވެހިރާއްޖެ ވެގެންދިޔައީ 1976 ވަނަ އަހަރު އެވެ.