މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ މި މީހާގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 9:11 ހާއިރު ކަމަށެވެ.

އުމުރުން 35 އަހަރުގެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިންނެވެ.

މަރުވެފައި އޮތް މީހަކީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.