ދުނިޔެ

ނަތަންޔާހޫއަށް އެއްޗެއް ނުވިސްނޭތީ ކަންބޮޑުވޭ: އިނގިރޭސިވިލާތް

މެދުއިރުމަތި ސުލްހަކުރެވެން އޮތް އެންމެ ފަސޭހަ ގޮތަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އޮވެގެން ކަމަށް މުޅި ދުނިޔެ ގޮވާލަމުން ދާއިރު -- މިކަމަށް ދެކޮޅު ހައްދަވައި ގޮތް ދޫނުކުރައްވައި ހުންނެވުމަކީ -- އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތްނަޔާޙޫއަށް އެއްޗެއް ވިސްނިވަޑައި ނުގަންނަވާކަން ކަމަށް އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ގްރާންޓް ޝަޕްސް ވިދާޅުވެއްޖެ އެވެ.

ގްރާންޓް ޝަޕްސް ވިދާޅުވި ގޮތުން ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމަށް މުޅި ދުނިޔެ ރުހި ގަބޫލެވެ. އޭނާ އަދި ވިދާޅުވީ ޔަހޫދީންނަށް އަމާން އޮމާންކަމުގައި މެދުއިރުމަތީގައި ދެމިތިބެވޭނީ ވެސް ފަލަސްތީނަށް ހެޔޮ ގޮތް ވެގެންކަން މިހާރު ދަންނަންވެއްޖެ ކަމަށެވެ.

ސްކައި ނިއުސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި އިނގިރޭސި ދިފާއީ ވަޒީރު ވިދާޅުވީ އިޒުރޭލާ ގުޅުން ބަދަހިކުރަން އަރަބި ގައުމުތަކުން ވެސް އެދޭ ކަމަށެވެ. އެކަމަކު އަރަބިންގެ އިހުސާސްތަކަށް -- ބޭނުންތަކަށް ފައިންއަރައި ޔަހޫދީންނަށް ދެމިތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމަށް ގޮވާލާ ގޮވާލުމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ މުޅި ޣައްޒާއަށް ޔަހޫދީންގެ ބާރު ނެތް ގޮތަކަށް ހުށަހަޅާ އެއްވެސް އެއްބަސްވުމެއް ގަބޫލު ނޫން ކަމަށެވެ.

އަދި ވަކިން އަމުދުން ފަލަސްތީނަށް މިނިވަން ދައުލަތަށް ފުރުސަތު ދެއްވައި ދުނިޔެއާ މުއާމަލާތްކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރަބިންގެ އަތުން ފޭރިގެންފައި ހުރި ބިންތަކުގައި ޔަހޫދީންނަށް ގަދަބާރުން ނަމަވެސް ދެމިތިބެވިދާނެ އެއް ގޮތަކީ ފަލަސްތީނަށް މިނިވަން ދައުލަތަކަށް ރުހުމެވެ. އަދި ފަލަސްތީންގެ މައްޗަށް ޔަހޫދީ އަސްކަރީ ބާރުތަކުން ގަދަވެނުގަތުމެވެ.

ޔަހޫދީންނަށް ދެން އޮތް ގޮތަކީ މެދުއިރުމަތިގައި ބޮކިޖަހައި ކެކެމުން އަރާ ހަނގުރާމަވެރިންގެ ހޫނު ރޮކެޓްތައް މައިތިރިކުރުމެވެ. ނުވަތަ ބޯޑަރު ހުރަސްކޮށް ޔަހޫދީ އަވަށްތަކަށް އަރާ ހަނގުރާމަވެރިންނާ ކުރިމަތިލައި ބަޔަކު މަރުވުމެވެ.

ޔަހޫދީންނަކީ އެ މީހުންގެ ޒާތުގައި -- ތަބީއަތުގައި ވެސް ބޯހަރު ގޮތް ދޫނުކުރާ ޖާހިލު އަދި ނަޖިސް ބައެކެވެ. މިއީ މާތް ﷲ ފޮނުއްވެވި ރަސޫލު ބޭކަލުންނަށް ފުރައްސާރަކޮށް ޖެއްސުންކޮށް ބަޣާވާތްކުރި ބައިގަނޑެވެ.

ޔަހޫދީންނަކީ އިސްރާއީލްގެ ނަމުން އަމިއްލައަށް ނަން ލިބިގަނެ ރަސޫލް ބޭކަލުންނާއި ނަބީ ބޭކަލުންގެ ވާރުތަވެރިންގެ ގޮތުގައި ހެދިގަނެގެން ތިބި ނުބައި ނުލަފާ ބައިގަނޑެވެ.

ނަމަވެސް، ދުނިޔެ ގިޔާމަތަށް ދާންދެން ޔަހޫދީންނާއި ނަސާރާއިން ދުނިޔޭގައި ލަހައްޓަވާނެ ކަމަށް މާތް ﷲ އަންގަވާފައި އޮންނަ އެންގެވުމަށް ޝުކުރުކޮށް ހިތާއި ގުނަވަން ތަކުގެ ހަރަކާތުން އެކަން ގަބޫލުކުރުމަކީ އީމާންވި މީސްތަކުންނަށް ވާޖިބެކެވެ.