ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އާރްޓީއެލް ފެރީ ނިޒާމު ހަރުދަނާކުރަން ޖަޕާންގެ އެހީ ހޯދަނީ

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް -- ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ނިޒާމު ހަރުދަނާކުރަން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އެހީ ހޯދަން މަޝްވަރާކޮށްފި އެވެ.

އާރްޓީއެލް ފެރީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ޖައިކާގެ އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އާރްޓީއެލް ފެރީ ޓާމިނަލްތަކުގެ ހިދުމަތްތައް ރަނގަޅުކުރަން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޖައިކާގެ އޮފިޝަލުން ތިލަފުށީގައި ހުންނަ އަލް-ޝާލީ މޯލްޑިވްސްގެ ސައިޓަށް ޒިޔާރަތްކޮށް އާރްޓީއެލް ފެރީ ބަނުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާފަ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ދެމުންދެ އެވެ.