މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ދެ މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ތަހުގީގަށް ހާޒިރުކުރަން ޖެހޭ ދެ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ށ. ފޭދޫ، ކަސްތޫރިމާގެ، އަބްދުލް ގާދިރު (54އ) އާއި ސ. ހިތަދޫ، އައިޑަންވޫޑް، ފާތިމަތު ނަޝާޔާ (22އ) އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހޯދަމުންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ކަމަށެވެ.

މި ދެ މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންވެ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް މި ދެ މީހުން ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ.