ރައީސް މުހައްމަދު ނަޝީދު

ކަޅުއޮއްފުންމި ބަނދެފައިވަނީ އަސްލަށް ބަލައިގެންނެއް ނޫން: ނަޝީދު

ނަމޫނާ ކަޅުއޮއްފުންމި ބަނދެފައިވަނީ އެއްވެސް އަސްލެއްގެ މައްޗަށް ބަލައިގެން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ތާރީހުގެ މައްޗަށް ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވާ ކުރީގެ ރައީސް ނަޝީދު ކަޅުއޮއްފުންމީގެ ނަމޫނާއާއި ގުޅޭ ގޮތުން ވިދާޅުވީ ކަޅުއޮއްފުންމިއަކީ އަނގަމަތީ މަސްދޯންޏެއްގެ ގޮތަށް ސިފަކުރީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.

"އުތީމު ތަކުރުގެ އޮޑިއަކީ ބަޑި ބެހެއްޓި ނަވަކަށްވުން މާ ގާތް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނަމޫނާ ކަޅުއޮއްފުންމި ބަނދެފައިވަނީ އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.

އާރަށަށް އެހެލާފައި އޮތް އެ ދޯނި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.