މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓްވެސް ދަށަށް

މާލޭ ވިޔަފާރި ބަނދަރު --
0%
0%
0%

ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓްވެސް މިދިޔަ މަހު ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް ވަނީ ނުވަ ޕަސަންޓް ދަށްވެފަ އެވެ.

ރާއްޖެއަށް ފާއިތުވި ޑިސެމްބަރު މަހު 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 5.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު ފާއިތުވި ޑިސެމްބަރު މަހު 14 ޕަސަންޓް ދަށްވެފަ އެވެ. މިދިޔަ މަހު ރާއްޖެއިން 250 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 292 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ ނުވަ ޕަސަންޓް ދަށްވެފަ އެވެ.

ކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނީ 332 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 365 މިލިއަން ރުފިޔާ ލިބުނެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 782 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު އޮމާނުން 768 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. ސިންގަޕޫރުން 731 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު އިންޑިއާއިން 683 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 591 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ޑިސެމްބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 66 ޕަސަންޓް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910