މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޑިސެމްބަރު މަހު 5.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި

އެމްޕީއެލް ސަރަހައްދު -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއަށް މިދިޔަ ޑިސެމްބަރު މަހު 5.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތެޔޮ ނުހިމަނައި އިމްޕޯޓްކުރި މުދަލުގެ އަގު ހުރީ 4.7 ބިލިއަން ރުފިޔާގަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން އިމްޕޯޓުކުރީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެ ގޮތުން 1.1 ބިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓްކުރި އެވެ. ދެވަނައަށް އެންމެ ގިނައިން އިމްޕޯޓްކުރީ ތެލުގެ ބާވަތްތަކެވެ. އެގޮތުން ޑީސަލް އާއި ޕެޓްރޯލް އަދި އޭވިއޭޝަން ގޭސް ހިމެނޭ ގޮތަށް އެއް ބިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި އެވެ.

މެޝިނަރީ އަދި މެކޭނިކަލް އުފެއްދުންތަކުގެ ގޮތުގައި 860 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ ޔޫއޭއީ އިންނެވެ. އެ ގައުމުން 1.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު މިއީ ޖުމްލަ އިމްޕޯޓްގެ 26 ޕަސެންޓެވެ.

ސިންގަޕޫރުން 925 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު ޗައިނާއިން 846 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 675 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910