ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނި ބައްލަވައިގެންފި އެވެ.
ރައީސް ނަޝީދު ކައިވެނި ބައްލަވައިގަތީ ކުރީގެ ދީނީ އިލްމުވެރިޔެއް ކަމުގައިވާ ޝައިހު ރުޝްދީއަށް ކާފަ ވިދާޅުވާ ޔުމްނާ ކިޔާ ބޭފުޅަކާ އެވެ.
ކައިވެނި ހަފްލާ އޮތީ އަވަށްޓެރި ސްރީލަންކާގައި ކަމަށް އެނގިފައިވެ އެވެ.
ރައީސް ނަޝީދު އެންމެ ފުރަތަމަ ކުރެއްވި ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
އެކަމަކު ރައީސް ނަޝީދާއި ކުރީގެ އަނބިކަނބަލުންގެ ކައިވެނި މީގެ ދެތިން އަހަރުކުރިން ވަނީ ރޫޅިފަ އެވެ.