ކުރިއަށް އޮތް ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ވެމްކޯ އިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
މާލެ ސަރަހައްދުގައި މިބަދަލު ގެނައީ ފެބްރުއަރީ އެއްވަނަ ދުވަހު ވެމްކޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ކަންތައްތަކެއް އެ ކުންފުނިން ކުރަން ނިންމާފައިވާތީ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށެވެ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯގެ އަހަރީ ދުވަހާ ގުޅިގެން ފެބުރުއަރީ އެއްވަނަ ދުވަހު ކުނިނަގާ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި އެކަނިއެވެ.
ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ވެމްކޯ އިން ކުނި ނަގާ ގަޑިތަކަށް ގެނައި ބަދަލާ އެކު މާލެ ސަރަހައްދުގައި ޓްރާންސްފާ ފެސިލިޓީސް، ކުނިނެގުމުގެ ޚިދުމަތް އަދި ޑިސްޕޯސަލްސައިޓްގެ ހިދުމަތް ދޭ ގަޑިތަކަށްވެސް ވަނީ ބަދަލު އައިސްފަ އެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ކުނި ނަގާ ގަޑިތައް
- މާލެ ވޭސްޓް ޓްރާސްފާ ސްޓޭޝަން 8:00 އިން 17:00 އަށް
- މާލެ ހައުސްހޯލްޑް ކަލެކްޝަން 14:00 އިން 17:00 އަށް
- ކޯލް އެންޑް ޕިކްއަޕް ސާވިސް 9:00 އިން 16:00 އަށް
- ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން 8:00 އިން 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން 12:00 އިން 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން (ފޭސް2) 7:00 އިން 15:00 އަށް
- ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން 8:00 އިން 17:00 އަށް
- ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން 12:00 އިން 17:00 އަށް
- ތިލަފުށި ޑިސްޕޯސަލް ސައިޓް 8:30 އިން 17:00 އަށް
ވެމްކޯ އާއި އަދި ބައެއް ތަންތަނުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުނި ނަގަމުން ދިޔަ ނަމަވެސް މާލޭގެ އެކި ސަރަހައްދަށް ގަވައިދާ ހިލާފަށް ކުނި އަޅާފައި ހުރުމަކީ ހައްލު ނުވެ އޮންނަ އާންމުންގެ ބޮޑު ޝަކުވާ އެކެވެ.