އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.
ޖަވާޒަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާ ކަމަށް އިތުބާރު ހުރި ފަރާތްތަކަކުން ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ.
ރައީސް އޮފީހުގައި ވެބްސައިޓްގައި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތުތައް ހިމެނޭ ބައިގައި ޖަވާޒުގެ ނަން އަދި ހިމަނާފައެއް ނުވެ އެވެ.
ޔޫތު މިނިސްޓްރީގައި ޖަވާޒު އާއި އެކު 10 ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.
ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ޖަވާޒު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު ފަހު ހަފްތާގެ ތެރޭގައެވެ.
ޖަވާޒުއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފައި މިވަނީ އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފުލުހުން ތަހުގީގުކޮށް ބައެއް ބޭފުޅުންގެ މައްޗަށް ދައުވާވެސް ކޮށްފައިވަނިކޮށެވެ. ބައެއް ކްލަބްތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންވެސް ގެންދަނީ ޖަވާއަށް ކޮރަޕްޝަންގެ ތުހުމަތުކުރަމުންނެވެ.