ފެނަކަ ކޯޕްރޭޝަން

ފެނަކައިގެ ޗެއާމަނަކަށް ޝަހީރު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު އައްޔަންކުރައްވައިފި އެވެ.

ޝަހީރު ވަނީ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

އެސްޓީއޯގައި 29 އަހަރު ހިދުމަތް ކުރެއްވި ޝަހީރު ވަނީ އެސްޓީއޯގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.

އެގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމާއި ސީއީއޯކަން މާޗް 2014 އިން ނޮވެމްބަރު 2018 އަށް ކުރެއްވި އެވެ.

ޝަހީރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ބެޗްލާސް ހާސިލުކުރައްވާފަ އެވެ. އަދި އޮސްޓްރޭލިއާގެ އެޑެލައިޑް ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ.