މޯލްޑިވްސް ޕޮލިސް ސާވިސް

މަޑަވެލިން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި

ގދ. މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މިދިޔަ ޖެނުއަރީ މަހުގެ 25 އިން މިމަހުގެ 9 އަށް ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ބަނގުރާ ހޯދާފައިވަނީ މަޑަވެލީގައި މީހުން ދިރިނޫޅޭ ސަރަހައްދަކުންނެވެ.

އެ ސަރަހައްދު ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ، ތިންފުޅި ބަނގުރާ އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ.

ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުންދާއިރު މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.