މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި ފުލުހުން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މަޑަވެލީގައި އަންހެނަކަށް އަނިޔާކުރާ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަންހެން މީހާއަށް މަޑަވެލީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

މަޑަވެލީގައި އަންހެނަކަށް ފިރިހެނަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ.