ހައުސިން ޔުނިޓް

އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް އަޅަނީ

ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އަޅާފައިވާ ފްލެޓްތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް އަޅަން ނިންމާ އިންވެސްޓަރުން ހޯދަން ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓާއި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 70،000 ހައުސިން ޔުނިޓެވެ.

ހައުސިން ޔުނިޓްތައް ދެކުނުގައި އެޅުމަށް ހަމަޖެހިފައިވަނީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ގައެވެ. އުތުރުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ހއ، ހދ. އަދި ށ. އަތޮޅުގައެވެ.

ދުބާއީގައި އިއްޔެ ފެށި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ސަރުކާރުން ހިއްސާކުރި ބައެއް މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުން ހަދަން ނިންމާފައިވަނީ ހަތަރު ބުރި އާއި ތިން ބުރީގެ ހައުސިން ޔުނިޓްތަކާއި، 15 އަދި 20 ބުރީގެ ހައުސިން ޔުނިޓްތަކެވެ. މީގެ ބައެއް ތަންތަން ހެދުމަށް ހަމަޖެހިފައިވަނީ ވިޔަފާރިއަށް ބައެއް ޖާގަތައް ކުއްޔަށް ދޫކުރާ ގޮތަށެވެ.

ހައުސިން ޔުނިޓްތައް އެޅުމަށް އިންވެސްޓަރުން ހޯދަނީ ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށް މަޝްރޫއު ކުރިއަށް ގެންދާ ގޮތަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި މިނިވަންކަމާ ގުޅޭ މައްސަލަތަކަށްފަހު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910