އިސްލާމިކް މިނިސްޓްރީ

އިމާމުން ތަމްރީން ކުރުމުގެ ފުރަތަމަ ބުރު 64 އިމާމަކު ފުރިހަމަކޮށްފި

އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަމަ ބުރުގައި ބައިވެރިވި މީހުންގެ ތެރެއިން 64 އިމާމުން ފުރަތަމަ ބުރު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

ގއ. އަދި ގދ. އަތޮޅުގައި ގެންދިޔަ މިބުރުގައި 77 އިމާމުން ބައިވެރިވި އެވެ.

އިމާމުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއަކީ ރާއްޖެ 11 ސަރަހައްދަކަށް ބަހާލައިގެން އިމާމުންގެ ދާއިމީ ވަޒީފާގައި ތިބި މީހުން އިތުރަށް ތަމްރީން ކުރުމަށް ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދެ އެވެ.

އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގައި ޖުމްލަ 700 އިމާމުން ތަމްރީން ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.