ހައިކޯޓް

ހައިކޯޓުގައި ނުނިމި ގިނަ ދުވަސްވީ މައްސަލަތައް ނިންމުމުގެ މަސައްކަތް ފަށަނީ

ހައިކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ.

ހައިކޯޓުން މިއަދު ބުނީ އެ ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފަނޑިޔާރުން ނިންމަވާފައިވާ ކަމަށެވެ.

މިމަސައްކަތް ކުރުމަށް ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހާއްސަ އިސްކަމެއް ދީގެން 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން މަސައްކަތް ވަނީ ފަށާފަ އެވެ.

މިމައްސަލަތައް ނިންމަން ކޮންމެ ދުވަހަކު ވެސް ރަސްމީގަޑީގެ ފަހުން މެންދުރުފަހު 2:30 ގައި ޝަރީއަތް ބޭއްވުމަށް ހާއްސަ ސްލޮޓްތަކެއް ކަނޑައަޅާފައިވާ ކަމަށްވެސް ހައިކޯޓުން މައުލޫމާތު ދީފައިވެ އެވެ.

ހައިކޯޓުގައި އިސްތިއުނާފް ކުރާ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަކީ ވަކީލުންނާއި ހަސްމުންގެ ޝަކުވާއާއި ކަންބޮޑުވުން އަބަދުވެސް އޮންނަ މައްސަލަ އެކެވެ.