ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލާ

ހޯދަން އިއުލާނު ކުރި ޝިނާން ރާއްޖެ އައިކަމުގެ އަޑުތައް ފެތުރިއްޖެ

މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗުގައި ބޮމެއް ގޮއްވާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާނުކޮށްފައިވާ ހ. ރަންވިލާގެ، ހުސައިން ޝިނާން ރާއްޖެ އައިސްފައިވާ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޝިނާން ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. މި މައްސަލަ އާއި ބެހޭގޮތުން އަދި ވަކި އެއްޗެއް ފުލުހުން ނުބުނެ އެވެ.

މި މައްސަލައާއި ގުޅިގެން އަށް މީހުން ހޯދަން އިއުލާނު ކުރި އިރު މިހާތަނަށް އަދި ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ އަނެއް ހަ މީހުންނަކީ ގ. އޮއިވާލި މުހައްމަދު ހުސައިން / އޮއިއްޓޭ އާއި، މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އާއި، މ. ލޭންޑްއޮފްގާޑްން އަހްމަދު އިޝްފާހް އަލީ އާއި، ހ. އައިދަ މުހައްމަދު އަސީލް އަހްމަދު އާއި ކ. ދިއްފުށި ރަތްބަގީޗާގެ އަހްމަދު ފާތިހު (ބެންޖޯ) އަދި ހއ. މުރައިދޫ ވައިޖެހޭގެ މުހައްމަދު ވިޝާމް އެެވެ