ދުނިޔެ

ރަޝިޔާ، ޔޫކްރޭނަށް ދިގު މުއްދަތަކަށް ވިސާ އިތުރުނުކުރަން ލަންކާއިން ނިންމައިފި

ލަންކާއަށް ޓޫރިސްޓުން ގޮތުގައި އެތެރެވެ ދިގު މުއްދަތަކަށް ދިރިއުޅޭ މައްސަލަ ވަނީ ބޮޑުވެފައި
0%
0%
0%

ރަޝިއާ، ޔުކްރޭން ރައްޔިތުން ދިގު މުއްދަތަކަށް ލަންކާގައި ތިބޭވޭ ގޮތަށް މީގެކުރިން އިތުރުކޮށްދިން ޓޫރިސްޓް ވިސާ -- ދެން އެގޮތުގައި ކުރިއަށް ނުގެންދަން ލަންކާ އިން ނިންމައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން ހަރްޝާ އިލުކްޕިޓިޔާ ވިދާޅުވި ގޮތުގައި ޓޫރިސްޓުންގެ ގޮތުގައި ލަންކާއަށް އައިސް ރަޝިއާއާ ޔުކްރޭން ރައްޔިތުން ބަލަނީ ލަންކާގައި ދިރިއުޅެވޭތޯ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ހިނގަމުންދާތީ ގައުމަށް އެނބުރި ދާން ބޭނުން ނުވާ މީހުން، ވިސާގެ މުއްދަތު އިތުރުކުރަނީ ލަންކާގައި، ޓޫރިސްޓުްންގެ ގޮތުގައި ތިބެވޭ މުއްދަތު އިތުރުކުރަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަރުޝް ވިދާޅުވީ މިއީ އެ މީހުން ހަދާ މަކަރެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ޓޫރިސްޓް ވިސާ އިތުރުކޮށްގެން ތިބި ހުރިހާ މީހުން މާޗް ހަތެއްގެ ކުރިން ލަންކާއިން ބޭރުވުމަށް މިހާރު ވަނީ އަންގާފަ އެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ދެ އަހަރު ތެރޭގައި ރަޝިއާ އިން 288،000 މީހުން ލަންކާއަށް ވަނީ އެތެރެވެފަ އެވެ. އަދި ޔުކްރޭނުން ގާތްގަނޑަކަށް 20،000 މީހުން ލަންކާއަށް އެތެރެވެފައިވާ ކަމަށްވެސް ހިސާބުތަކުން ދައްކަ އެވެ.

ކޮމިޝަނާ ޖެނެރަލް މިފަދަ އަމުރެއް ނެރުއްވި ނަމަވެސް ޓޫރިސްޓުންނަށް ހިލޭ ލިބޭ 30 ދުވަހަށްފަހު -- މުއްދަތު އިތުރުކޮށްގެން ލަންކާގައި ދިރިއުޅެނީ ކިތައް މީހުން ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ ރައްޔިތުންނާއި ޔުކްރޭން ރައްޔިތުން ލަންކާގައި ތިބެން ބޭނުންވާ ސަބަބަކީ އަސްކަރިއްޔާއަށް ފިލުމެެވެ. އެއީ ހަނގުރާމައަށް ފޮނުވާ ގުރޫޕެއްގައި ހިމަނާފާނެ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ފެށިތާ ކައިރީގައި ރަޝިއާ އަދި ޔުކްރޭން މީހުން ގައުމު ދޫކޮށް ޔޫރަޕްގެ ބައެއް ގައުމުތަކަށް ވަނީ ހިޖުރަކޮށްފަ އެވެ. މިއީ ވެސް އަސްކަރިއްޔާށް ފިލުމަށެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުން ޓޫރިސްޓުންގެ ގޮތުގައި ލަންކާއަށް އެތެރެވެ ބައެއް މީހުން ރެސްޓޯރަންޓާއި ހޮޓާ ހުޅުވައި އަދި ބިއުޓީ ސެލޫންތައް ވެސް ވަނީ ހުޅުވާފަ އެވެ.

ޓޫރިސްޓުން ގޮތުގައި ލަންކާއަށް އެތެރެވެ އަދި ލަންކާގެ ކޮންމެވެސް މީހަކާ ގުޅިގެން ވިޔަފާރިކުރުމާއި ނައިޓް ކްލަބްތައް ހިންގަން ފެށުމުން އިޖުތިމާއީ ފޭރާން ދެރަ ހާލަތްތައް ތައާރުފުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ލަންކާ މީހުންނާ ބޭރު ގައުމުތަކުގެ މީހުން ދެމެދު މައްސަލަތައް އުފެދި ހައްލުނުވާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345